-8402fff9.png)

ސަލަފް ޖަމިއްޔާ އިން އިސްނަގައިގެން ބާއްވާ 9 ވަނަ ރިޙްލާ އަރިއަތޮޅު ދެކުނުބުރީގައި މިރޭ ފަށަން ވަނީ ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ.
ރިހްލާގެ މިއަހަރުގެ މީޑިއާ ޕާޓްނަރަކީ ނުކުތާއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރުގެ ގޮތުގައި ދާރެސްޓީވީ ހަމަޖެހިފައިވާއިރު, ރިހްލާގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ, އަދި ކުލިން ހައުސް ވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ވަނީ ހާމަކޮށްފައެވެ.
ސަލަފް ޖަމިއްޔާ އިން ބުނީ އދ.އަތޮޅުގެ މީހުން ދިރިއުޅޭ 10 ރަށުގައި 30 އޮކްޓޯބަރ 2025 އިން ފެށިގެން ނޮވެންބަރު 3ވަނަ ދުވަހުގެ ނިޔަަލަށް ރިހްލާ ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ފެށުމުގެ ރަސްމިއްޔާތު މިރޭ އދ. މާމިގިލީގައި ބާއްވަން ހަމަޖެހިފައިވާއިރު, ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެންބަރު ތިން ވަނަ ދުވަހު އދ. މަހިބަދޫގައެވެ.
އެގޮތުން މިރޭގެ ރަސްމިއްޔާތުގައި ހާއްސަ ފޯރަމެއް ކުރިއަށްދާނެއެވެ. މިރޭގެ ފޯރަމުގެ މައުޟޫއަކީ އާއިލީ ގުޅުމެވެ.
މި ހަރަކާތުގެ ތެރެއިން އެކި ބައިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ. އެގޮތުން, ނަމާދު ވޯކްޝޮޕް, ޢަޤީދާ ވޯކްޝޮޕް, ޕީޑީ ސެޝަން, ޕަބްލިކު ދަރުސް, ފޯރަމް, ކަށުކަމާކެމީގެ ވޯކްޝޮޕް, ވޮލީ ކޭމްޕު, ފުޓްސަލު ކޭމްޕް, ސަބުޖެކްޓް ކޭމްޕް, ކުޑަކުދިންގެ ހަވީރު, އިސްރަވެހިންގެ އިވެންޓް, އަދި މެޑިކަލް ކޭމްޕެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރިހްލާގެ ތެރެއިން މި އަހަރު ވެސް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސަލަފު ރިޙުލާ އަކީ 2009 ވަަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

5 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން
-37b0b72b.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން