-8402fff9.png)

މަރްޔަމް މާޙީ

އދ މާމިގިލީ ބީއެމްއެމް އައު ބްރާންޗުގެ ބިންގާ އެޅުމުގެ ތެރެއިން… ފޮޓޯ: ރައީސްއޮފީސް
އދ. މާމިގިލީގައި ގާއިމްކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު ބްރާންޗުގެ ބިންގާ އަޅައިފި އެވެ.
މި ތަނުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އދ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ.މާމިގިއްޔަށް ވަޑައިގެންނެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް، އަދި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްގެ އިތުރުން ބީއެމްއެލްގެ އިސްބޭފުޅުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ބީއެމްއެލްގެ ފަރާތުން ވާހަކަ ދައްކަވަމުން ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މުޅި އދ އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއާއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި، މި ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ބޭންކުގެ ހިދުމަތްތައް ހޯދުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
މީހާރު މާމިގިލީ ރައްޔިތުން ބޭންކުގެ ހިދުމަތްތައް ހޯދަމުން އަންނަނީ އެ އަތޮޅު މަހިބަދޫގައި ގާއިމުކޮށްފައިވާ މަހިބަދޫ ބްރާންޗް މެދުވެރިކޮށެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން