-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ޒުވާނުންގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު
މިދިޔަ މޭ މަހު މާލޭގައި ކުރި މުޒާހަރާތަކާ ގުޅިގެން ދައުވާ އުފުލާފައިވާ ޢަބްދުﷲ މަޙްޒޫމް މާޖިދާއި، ޢާއިޝަތު ޝިމަން އަޙްމަދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދިޔުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ،
މިދިޔަ އޭޕްރީލް މަހުގެ ތެރޭ މާލޭގެ ގެއަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ބެލުމުގައި ފުލުހުން ކަންތައް ކުރިގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ކުރި މުޒާހަރާތައް ލީޑުކުރި ޝިމަންގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާއެވެ. މަހުޒޫމްގެ މައްޗަށް އުފުލާފައިވަނީ ގައިގާ އަތްލުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ މިއަދު ނެރުނު ބަޔާނެއްގައި އެ މީހުންގެ މައްޗަަށް ކުރި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެ އޮފީހުން ނިންމަފައިވަނީ މި ދައުވާތައް މުރާޖައާކުރުމަށްފަހު މި ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި, މި މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީއާއި، މި ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށްފައިކަމަށް އެ އޮފީހުން ބުންޏެވެ.
މިދިޔަ އޭޕްރީލް މަހު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށް ތުހުމަތުކޮށް ޒުވާނުންތަކެއް މާލޭގައި ކުރި އެ މުޒާހަރާ ރޫޅަލުމަށްފަހު މަހްޒޫމާއި ޝިމަން އޭރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.

15 ދުވަސް ކުރިން

22 ދުވަސް ކުރިން
-eae1835f.jpeg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން