-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު --- ފޮޓޯ/ އެޗްޑީސީ
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި އިބްރާހިމް ފަޒުލް ރަޝީދު ހުންނެވިއިރު އެ ކުންފުނީގެ ސާވާގައި ހުރި ލިޔެކިޔުންތަކެއް ރިކަވާނުކުރެވޭ ގޮތަށް ޑިލީޓްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެކި ނެތުމުން، ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)ން ނިންމަައިފިއެވެ.
ފަޒުލްގެ މައްޗަށް ދައުވާކުރުމުގެ މަސައްކަތް ޕީޖީން ކުރީ، މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގައި ނުހިމެނޭ އޭނާގެ ބޭބޭ އަދި އޭރު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް އަށް ބިމެއް ދޫކުރި މައްސަލަ ފެންމަތިވެފައިވަނިކޮށް، އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ޑިލީޓްކޮށްލިކަމަށް ބުނެ ކުރާ ތުހުމަތަށެވެ.
އެ މައްސަލައިގައި ފަޒުލް އާއި އެކު ދައުވާކުރަން ނިންމީ އެޗްޑީސީގެ އައިޓީ ހެޑް، އަބްދުﷲ ޝުހޫދުގެ މައްޗަށެވެ.
އެ މައްސަލައިގައި ޕީޖީން ފަޒުލް އާއި ޝުހޫދުގެ މައްޗަށް ދައުވާނުކުރަން ނިންމީ، އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމުގައި ފާހަގަކުރަމުންނެވެ.
އަދި ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައި، ފަޒުލްއާއި ޝުހޫދު އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙުޤީޤަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އެހެންވެ ޕީޖީން ބުނީ ފަޒުލްއާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާ ކަމަށެވެ.

18 ދުވަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-7b9b65f9.jpg)
4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން