-8402fff9.png)
ސައިފުﷲ އަލީ

ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ ހުޅުމާލޭގެ "ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް" ހިންގާ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި އިއުލާންކޮށްފިއެވެ.
އެޗްޑީސީން ބުނީ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން ބާތިލްކޮށް، ހުޅުމާލޭގެ ލޮޓް 10877 ގައިވާ އެ ބިން މިއަދުން ފެށިގެން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބިމުގައި ސޮލާރިސް ހޮސްޕިޓަލިޓީއަށް އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއް ނުވަތަ ހިދުމަތެއް ނުދެވޭނެ އެވެ.
އެޗްޑީސީގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އެ ކުންފުންޏަށް ސޮލާރިސްއިން މިހާތަނަށް 5 މިލިއަނެއްހާ ރުފިޔާ ދައްކަންޖެހެ އެވެ. އަދި އެއްބަސްވުމުގެ ދަށުން ސީއެސްއާރުގެ ގޮތުގައި ކުރަންޖެހޭ އެއްވެސް ކަމެއްވެސް ކޮށްފައި ނުވާ ކަމަށާއި، ފެށުނީއްސުރެ ޤަވާޢިދުން ކުލި ދައްކާފައި ނުވާކަން އޭނާ ވިދާޅުވިއެވެ.
އެޗްޑީސީން ބުނީ އެއްބަސްވުން ބާތިލްކުރީ ކުލި ދެއްކުމަށް އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ގިނަ ފުރުސަތުތަކެއް ދިނުމަށްފަހު، ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާވެސް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށާއި، މިފަދަ ފިޔަވަޅެއް އެޅީ ދެވޭނެ އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށްފަހު ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-7b9b65f9.jpg)
4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން
-3b082aab.jpg)
5 މަސް ކުރިން

7 މަސް ކުރިން