-8402fff9.png)
ސައިފުﷲ އަލީ
-7b9b65f9.jpg)
މާލެ ސަރަހައްދުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރަހާފައިވާ ގްރެފިޓީތައް ސާފުކުރުމުގެ މަޝްރޫއުގެ ދަށުން، ހުޅުމާލެ ފޭސް ދޭއްގައި ހުރި ކުރެހުންތައް ފުލުހުންނާއި އެޗްޑީސީ ގުޅިގެން އިއްޔެ ނައްތާލައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލެ ފޭސް ދޭއްގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންދިޔައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދަކީ އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި އެ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސާފު އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ.
މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ކުރެހުންތަކާއި ލިޔުންތައް ފޮހެ، ސާފު ކުރުމުގެ މަސައްކަތް ފުލުހުން އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ ސޯޅަ ވަނަ ދުވަހުއެވެ. އެ މަސައްކަތް މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ގޭންގު ކްރައިމް ސަޕްރެޝަން ޔުނިޓާއި މާލެ ސިޓީ ކައުންސިލު ގުޅިގެންނެވެ. މި ހަރަކާތުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި މިފަދަ ލިޔުންތަކާއި ކުރެހުންތައް ވެސް ވަނީ ފޮހެ ނައްތާލާފައެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން، މާލެ ސިޓީގެ އިތުރު ސަރަހައްދުތަކުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ނައްތާލުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލާ ގުޅިގެން މުސްތަގުބަލުގައި ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އާންމު ތަންތަން ސާފުކޮށް ބޭއްވުމަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރަމުންދާ މި މަސައްކަތަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން