-8402fff9.png)
މިރާޝް މޫސާ
ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް މީގެ ކުރިން މާލޭގައި ބޭއްވި ސައިކަލު ބުރެއްގެ ތެރެއިން --- ފޮޓޯ/ މިހާރު
ވިއްސާރަވުމާއި ގުޅިގެން އޭރު ފަސްކުރެވުނު އިސްރާ އެސޯސިއޭޝަންގެ "ޢިއްޒަތުގެ ބިން" ދަރުސް، އަންނަ ހަފުތާގެ ބުރާސްފަތީގައި ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.
އެ އެސޯސިއޭޝަނުން ބުނާ ގޮތުގައި މި ދަރުހަކީ ޣައްޒާގެ ހަނދާންތައް އަލުން އާކޮށް، ޣައްޒާގެ މިހާރުގެ ހާލަތު ބަޔާންކޮށްދިނުމަށްޓަކައި ބާއްވާ ދަރުހެކެވެ. އެ ދަރުސް އޮންނާނީ އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި، މާލޭގެ އާޓިފިޝަލް ބީޗުގައެވެ.
މި ދަރުސް ދެއްވާނީ ރާއްޖޭގެ މަގުބޫލު ޝެއިހުންކަމަށް ވާ ޝެއިހް ޢާޒިމް ޚާލިދާއި ޝެއިހް މުހައްމަދު އަނީލްއެވެ.
އެ އެސޯސިއޭޝަނުން ބުނާ ގޮތުގައި ދަރުހުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް ޓްރެވެލާ ގްރޫޕް އިން ދޭ އުމްރާ ދަތުރެއް ލިބޭނެއެވެ.
އިސްރާ އެސޯސިއޭޝަނުން މީގެ ކުރިން ވެސް ވަނީ ޣައްޒާއަށްޓަކައި އަޑުއުފުލުމަށް ޓަކައި ގިނަ ހަރަކާތްތަކެއް މާލޭ ސަރަހައްދުގައި ބާއްވައިފައެވެ.