-8402fff9.png)

އަޙްމަދު ޝާބިން

ޝެއިޚް އާޒިމް ޚާލިދު ތަގުރީރު ކުރައްވަނީ --
ކޮންމެ އަހަރަކު ރޯދަމާ ދިމާކޮށް ބ. ދަރަވަންދޫގައި ބާއްވާ ބޮޑު ދަރުސް މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ދަރަވަންދޫގެ މިއަހަރުގެ ދަރުސް ދެއްވާނީ ރާއްޖޭގެ މަގުބޫލު ޒުވާން ޝެއިޚް، އައްޝައިޚު ޢާޒިމް ޚާލިދުއެވެ. ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ "އަހުލާޤު" ގެ މައްޗަށެވެ.
ކޮންމެ އަހަރަކު ދަރަވަންދޫ ކައުންސިލުން އިންތިޒާމު ކުރާ ބޮޑުދަރުސް ބާއްވާތާ މިއީ ހަތަރު ވަނަ އަހަރެވެ. މި ދަރުސަކީ ރަށުގެ ކުދި ބޮޑު އެންމެންގެ ފަރާތުން ނުހަނު ހޫނު ތަރުޙީބެއް ލިބޭ ދަރުސުކެވެ.
އެގޮތުން ކޮންމެ އަހަރެއްގެ ވެސް ދަރުސް ބަލާލުމަށް ރަށުގެ އެންމެން ޖަމާވެއެވެ.
އެ ދަރުހާ ގުޅިގެން އެ ރަށު ކައުސިލްގެ ސެކެޓްޓަރީ ޖެނެރަލް އިބްރާހިމް ހުސާމިން "ނުކުތާ"އަށް ވިދާޅުވި ގޮތުން މިދަރުސަށް ރަށުގެ އެކިއެކި ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީ ލިބެއެވެ. އަދި ދަރުސްގެ ސަބަބުން ދީނީ އެއްބައިވަންތަކަމާއި އެކުވެރިކަން ރަށު ރައްތިޔުންގެ މެދުގައި އާލާވެއެވެ.
މިދަރުސް ހާއްސަވާ އެއް ސަބަބަކީ ކޮންމެ އަހަރަކު ވެސް އޮންނަ ލަކީޑްރޯއެވެ. އެގޮތުން ދަރުސަށް ހާޒިރުވާ މީހުންގެ މެދުގައި ގުރުވަތުން ލުން އޮންނައިރު، މިފަހަރުގެ ބޮޑު އިނާމެއްގެ ގޮތުން އަލް-ވާދީ ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ، 8:30 ގައި ދަރަވަންދޫގެ ފުޓްސެލް ގްރައުންޑް 1 ގައެވެ.

8 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން
-937b54ef.jpg)
11 މަސް ކުރިން
12 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން