-8402fff9.png)

ދ. ކުޑަހުވަދޫގައި ދިރިއުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ހާއްސ ދީނީ ދަރުހެއް އިއްޔެ އެ ރަށުގައި ބާއްވައިފިއެވެ. މިދަރުސް އިންތިޒާމުކޮށްފައިވަނީ ޔުނައިޓެޑު އިސްލާމިކް ސޮސައިޓީ (ޔޫ.އައި.އެސް) އާއި ކުޑަހުވަދޫ ކައުންސިލާއި ގުޅިގެނެވެ.
އިއްޔެ ހަވީރު ކުޑަހުވަދޫ މަލްޓީ ޕަރޕަސް ހޯލުގައި ބޭއްވި މިދަރުސްގެ މައިގަނޑު މަގުސަދަކީ އެ ރަށުގައި މަސައްކަތްކުރާ ބިދޭސީންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި އަސާސީ ދީނީ ކަންކަން ދަސްކުރުމާއި އެމީހުންގެ އުޅުމާއި އަހުލާގު ހެޔޮމަގަށް އެޅުވުމަށް ނެސޭހަތްތެރިވެ ބާރުއެޅުމެވެ.
މި ދަރުސް ދެއްވީ ޖަމްޢިއްޔަތުއް ސަލަފުގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ބަނގުލަދޭޝްގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުކައްރަމް ބިން މުޙްސިން މަދަނީއެވެ. "އުޞޫލުއް ޘަލާޘަ" ނުވަތަ ތިން އުސޫލުގެ މައްޗަށް ބިނާކޮށް ދެއްވި މި ދަރުސްގައި، ބިދޭސީންނަށް ދީނީ ގޮތުން އެނގުން މުހިންމު އަސާސީ ގިނަ ކަންތައްތަކަކަށް އަލިއަޅުއްވާލައްވާފައިވެއެވެ.
450 މީހުން މިދަރުސްގައި ބައިވެރިވެފައިވާއިރު މި ހަރަކާތައް އެރަށުގައި ދިރިއުޅޭ ބިދޭސީގެން ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން ޔޫ.އައި.އެސް އިން ފާހަގަކުރެއެވެ. މީގެ އިތުރުން އެމީހުންގެ އަމިއްލަ އިސްނެގުމާއެކު ހާއްސަ ރޯދަވީއްލުމެއްވެސް ވަނީ ބާއްވާފައެވެ.
މިހަރަކާތް މިހާ ކާމިޔާބު ކަމާއެކު ނިންލުމުގައި ކުޑަހުވަދޫ ކައުންސިލާއި، ޖަމްޢިއްޔަތުއް ސަލަފުން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ޔޫ.އައި.އެސްގެ ރައީސް އިސްމާޢީލް ޢާދިލްވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ހަރަކާތުގައި ބައިވެރިވި ހުރިހާ ބިދޭސީންނަށް ވެސް ޔޫ.އައި.އެސްގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ.

2 މަސް ކުރިން

3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން