-8402fff9.png)

ފާޠިމަތު ހިބާ
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާން އުދަރެސް ފްލެޓްތައް -- ފޮޓޯ: ޓްވިޓާ
އަމާން އުދަރެސްގެ ފެންބިލުތައް ބޮޑުވުމާއި ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތައް ބަލަމުންދާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.
މިދިޔަ ސަރުކާރުން އިމާރަތްކުރި 4،000 ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން ފެށި އަމާން އުދަރެސްގެ ފްލެޓްތަކުގެ ފެން ބިލުތައް އިންތިހާއަށް ބޮޑުވެގެން އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރަން ފެށީ އިއްޔެއެވެ. އެގޮތުން ބައެއް ގެތަކުގެ ފެންބިލަށް 7،000 ރުފިޔާ އަރައިފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެކަމާއި ގުޅިގެން އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، އި އަމާން އުދަރެސްގައި އުޅޭ ބައެއް ޔުނިޓްތަކުގެ ފެންބިލްތަކާ ގުޅިގެން އެ ޔުނިޓް ތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުގެ ކަންބޮޑުވުން، އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލަތަށް ދިމާވާން މެދުވެރިވާ ސަބަބެއް ދެެނެގަނެ ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އެފްޑީސީ އިން ވަނީ ބުނެފައެވެ. އަދި ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން، އެކަން ދެނެގަނެ ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އެހެންކަމުން ފެން ބިލްތަކުގައި އެއްވެސް މައްސަލައެއް އުޅޭކަމަށް ފާހަގަ ކުރެވޭނަމަ އެފްޑީސީގެ ހޮޓްލައިން ނަންބަރު 3345500 އަށް ނުވަތަ [email protected] މެދުވެރިކޮށް ހުށަހެޅުމަށް ވެސް އެފްޑީސީން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

4 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން