-8402fff9.png)
ފާތިމަތު މިޝްކާ

ފޮޓޯ: އެފްޑީސީ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ކުނި ނަގައި އުކާލުމަށް މިހާތަނަށް 13 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
އެފްޑީސީއިން އާންމުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު އެކުންފުނިން މިހާތަނަށް ޖުމްލަ 5،040 ޓަނުގެ ކުނި ވަނީ އުކައިލާފަ އެވެ. އަދި މި ކުނިތައް އުކައިލުމަށް ޖުމްލަ 13،481،557.15 ރުފިޔާ ހޭދަކޮށްފައިވާކަމަށް އެ ކުންފުނިން ބުނެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 3،178 ޓަނުގެ ކުނި އަދި މި އަހަރު މެއި މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 1،862 ޓަނުގެ ކުނި އުކާލާފައިވާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެ އެވެ.
އެފްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި ކުނި އުކައިލުމަށް އެންމެ ބޮޑޫ ހަރަދެއް ހިނގާފައިވަނީ އާންމު ސަރަހައްދުތަކަށް އެކި ބާވަތުގެ ކުނި އެޅުމުގެ ސަބަބުން ކަމަށެވެ. އަދި އުސޫލުތަކާއި ހިލާފަށް އެކި ތަންތަނަށް ކުނި އުކައިލުމުގެ ސަބަބުން ދައުލަތުންނާއި ކުންފުނީގެ ބަޖެޓުން އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަކޮށްފައިވެ އެވެ.
އެ ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ފުލެޓުތަކުގެ ވަށައިގެން އޮންނަ ހުސް ސަރަހައްދުތަކަށް ކުނި އަޅަމުންދާނަމަ ކުނި އަޅަމުންދާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް އެ ކުންފުނިން އަންގާފައިވެ އެވެ. އެހެންނަމަވެސް އެ ކުންފުނީގެ އެންގުންތަކަށް ބެލުމެއް ނެތި އެކި ކަހަލަ ފޮށިގަނޑުތަކާއި އާންމުކޮށް ގެތަކުން ނުނެރޭ ފަދަ ކުނި ބޮޑެތި އަދަދުތަކުން އެފްޑީސީ ފުލެޓުތަކުގެ އެޕާޓްމަންޓުތަކުން އަންނަނީ ނެރެމުންނެވެ. މިކަމުގެ ސަބަބުން ބޮޑެތި ކުނިފުނިތައް އުފެދި އެ ސަރަހައްދުގެ ސާފުތާހިރުކަން ގެއްލިފައިވާކަން ފާހަގަކޮށްލެވެ އެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
12 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން