-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ
ޔޫތް ހެކަތޯން ފެއްޓުމުގެ ރަސްމިއްޔާތު-- ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
ޔޫތް ހެކަތޯން 2025, 85 ޒުވާނުންނާއެކު ފަށައިފިއެވެ.
މި ހެކަތޯން ފައްޓަން އިއްޔެ ބޭއްވި ރަސްމިއްޔާރު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދެވެ. އަދި މި ހެކަތޯން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ދުވަހަކަށް ބަހާލައިގެން ޖުމުލް 48 ގަޑިއިރަށެވެ.
މި ހަރަކާތް އިންތިޒާމުކޮށް ރާވާފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒާރާއިންނެވެ. އަދި މި ހަރަކާތް ބާއްވާފައިވަނީ ކޯޑިން ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށެވެ. މި ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"85 ކުދިންނަށްވުރެ ގިނަ ކުދިން މި ހެކަތޯންގައި ބައިވެރިވޭ. މިދިޔަ އަހަރު އަޅުގަނޑުމެން ވަރަށް ދުރާލާ އިއުލާންކޮށްގެން ލިބުނު ވަރަށް ވުރެ ގިނައިން މިއަހަރު މިތަނުގައި ޓީމްތައްވެސް ހިމެނޭނެ ކުދިންވެސް ހިމެނޭނެ. އެހެންވީމަ އެއިން އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ޒުވާނުން މިކަމަށް އޮތް ޝައުގު." ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ ޓީމުތަކުން ތަފާތު ހަތަރު ރީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށައަޅާނެއެވެ. މި ހުށަހެޅުންތަކުގެ ސަބަބުން މުޖްތަމައުގައި މިވަގުތު ހުރި މައްސަލަތައް ހައްލު ހޯދުމަށާއި މުޖްތަމައުއަށް ފައިދާ ކުރަނިވި އައު ފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ ކަމަށް ވުޒާރާއިން މައުލޫމާތުއެވެ.
ބައިވެރިންގެ ތެރެއިން ވަނަވަނައަށް ދާ މީހުންނަށް ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް ދާ ފަރާތަކަށް 100,000 ރުފިޔާއާއި ދެވަނައަށް 75,000 ރުފިޔާ އަދި ތިންވަނައަށް 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސްޕޮންސަރުންދޭ އިނާމުތައް ވެސް ލިބޭނެއެވެ.
3 މަސް ކުރިން
3 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން
-81d3357d.jpg)
11 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން