-8402fff9.png)

އަޙްމަދު ސަދޫފް މޫސާ
-81d3357d.jpg)
ރައީސް ޑރ. މުޢިއްޒު، ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމެންޓުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ގޮތް ނިންމުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ޒުވާނުންނަށް ފުރުސަތު ދިނުމަކީ އެންމެ ބިނާކުރަނިވި، ދެމެހެއްޓެނިވި އަދި މާނަހުރި ގޮތުގައި މި ޤައުމު ތަރައްޤީކުރާނަމަ އެކަން ކުރަންޖެހޭނެ ގޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޔޫތް މިނިސްޓްރީ ގުޅިގެން ރޭ ބޭއްވި "ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް" ސެގްމަންޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ޤައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިންކަމަށާއި، ޤައުމުގެ މުސްތަގުބަލު އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ޒަމާނުއްސުރެ ކަންހިނގަމުންދާގޮތަށް ބަލާނަމަ، ހަރުދަނާ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމަށް ހައްލު ގެނައުމަށްޓަކައި މެނިފެސްޓޯގައި ހިމަނުއްވައިގެން ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދެވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ބޯޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ.
އަދި ޒުވާނުން ކުރިއަރައިދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަން ނުލިބުންކަން ފާހަގަކުރައްވައި، ރައީސް ވަނީ ފަތުރުވެރިކަން ފަދަ ދާއިރާތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް ޚާއްޞަކޮށްގެން، އެ ޒުވާނުންގެ އަމިއްލަ ރަށާއި ރިސޯޓުތަކާ ކައިރި ބޮޑެތި އާބާދީތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން