-8402fff9.png)
ފާތިމަތު މިޝްކާ

ރައީސް ނަޝީދާއި ހަސަން ލަތީފު
"ބޮޑު ބަދަލު" އޮފީހެއް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އުފައްދައި އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލަކަށް ހަސަން ލަތީފު އައްޔަންކުރައްވައިފި އެވެ.
އެމްޑީޕީއިން މިއަދު ބުނީ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، މެންބަރުން ފާސްކުރައްވާފައިވާ ”ބޮޑު ބަދަލު“ އޮފީސް، އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި ގާއިމުކޮށްފައިވާ ކަމަށެވެ.
ހަސަން ލަތީފަކީ ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގެން ހެއްދެވި ޑިމޮކްރެޓްސްގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.
"ބޮޑު ބަދަލު" އަކީ ދާދި ފަހުން އެމްޑީޕީގެ ޗެއާޕާސަނެއް ހޮވުމަށް ކުރިއަށް ގެންދިޔަ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވި ތަސައްވުރެވެ. ދިވެހި ރައްޔިތުން ބޮޑު ބަދަލަކަށް ބޭނުންވެފައި ތިބިކަން އެ އިންތިހާބުގެ ނަތީޖާއިން ހާމަވިކަމަށް ރައީސް ނަޝީދަށް ކެމްޕެއިންކޮށްދެއްވި އެމްޑީޕީގެ ލީޑަރުން ވިދާޅުވެފައިވެ އެވެ.
މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދަށް 21063 ވޯޓު ލިބިވަޑައިގެންނެވިއިރު ނަޝީދާއި ވާދަ ކުރެއްވި މީކާއީލް އަހުމަދު ނަސީމަށް ލިބިވަޑައިގަތީ 9263 ވޯޓެވެ.
އެމްޑީޕީގެ އެންމެ ފުރަތަމަ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވާފައިވަނީ ރައީސް ނަޝީދެވެ. އޭގެ ފަހުން އެ މަގާމު ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި މާރިޔާ އަހުމަދު ދީދީއާއި، ރީކޯ މޫސާ މަނިކާއި، އަލީ ވަހީދުގެ އިތުރުން ހަސަން ލަތީފް ހިމެނިވަޑައިގަންނަވައެވެ.

3 ދުވަސް ކުރިން

16 ދުވަސް ކުރިން

19 ދުވަސް ކުރިން

19 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-61a2a9dd.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-3186f67e.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން