-8402fff9.png)

ފާޠިމަތު ހިބާ

ވަޒީފާ ބޭނުންވާ ބިދޭސީންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްތައް ދާހިލީ ވުޒާރާއިން ކުރުމަށް ނިންމައިފިއެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ވަޒީފާ ނެތި އުޅޭ ބިދޭސީންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްތައް ވުޒާރާއިން ކުރަން ހަމަޖެހިފައިވާކަން ހާމަ ކޮށް އިއުލާނެއް ނެރެފިއެވެ.
އިއްޔެ ނެރުނު މި އިއުލާނުގައި އެ ވުޒާރާއިން ވަނީ ވަކި މުއްދަތެއް ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީންނަށް އިއުލާންގައިވާ ފޯމް ފުރުމަށްފަހު ހުށައެޅުމަށް ބުނެފައެވެ. އޭރުން އެކުލަވާލެވޭ ދަފްތަރުގެ ތެރެއިން ވަޒީފާ ބޭނުންވާ ބިދޭސީންނަށް އެ އިންތިޒާމްތައް ދާހިލީ ވުޒާރާއިން ހަމަޖެހިގެންދާނެކަމަށް އިުލާންގައި ފާހަގަ ކޮށްފައިވެއެވެ.
އޮޕަރޭޝަން ކުރަނގި ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެންނެވެ. އެގޮތުން މި މަސައްކަތުގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

2 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން