-8402fff9.png)
އައިޝަތު ހިދާޔާ

އއ. ތޮއްޑޫގައި ގަވާއިތާ ޚިލާފަށް އުޅުނު 107 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ, ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެރަށުގައި ބޮޑުވެފައި ވާކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ޝަކުވާތައް އާންމުންގެ ފަރާތުން ވެސް ލިބެމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެހެންކަމުން އިއްޔެ ހެނދުނު 6:00 އިން ހަވީރު 4:00 އަށް ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 507 ބިދޭސީއަކު ބަލައި ފާސްކޮށްފައި ވާކަމަށް އިމިގްރޭބަނުން ބުންޏެވެ. އަދި މި އޮޕަރޭޝަނުގައި 107މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ތޮއްޑޫއަކީ ރާއްޖޭގައި ދަނޑުވެރިކަމަށް މަޝްހޫރު ރަށެެކެވެ. މި ރަށުގައި ލޯކަލް ޓޫރިޒަމް ވެސް ލކުރިއަރާފައިވާއިރު, ގެސްޓުހައުސްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވެއެވެ.

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން