-8402fff9.png)

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދު
އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް، ޝައްމާން ވަހީދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މިއަދު އޮތް ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ޝަމްއާން ބަންދުން ދޫކޮށްލައިފައިވަނީ ޕީޖީގެ އެދުމުގެ މައްޗަށެވެ. އެގޮތުން އޭނާ ބަންދުން ދޫކުރީ، މިހާރު އޭނާގެ މައްޗަށް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީ، ޝަރުތުތަކަކާއެކުއެވެ.
އެހެން ނަމަވެސް އޭނާ ބަންދުން ދޫކޮށްލީ ޕާސްޕޯޓު ދޫކޮށްލުމަށް ފަހުގައެވެ.
މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ މާޗު މަހުގެ 22ގައެވެ. އޭރު ޝަމްއާނާ އެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރުކުރި އެވެ.
އެމީހުންގެ މައްޗަށް ދައުލަތުން އުފުލަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

15 ދުވަސް ކުރިން

22 ދުވަސް ކުރިން
-eae1835f.jpeg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން