-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

އަބްދުލް ހަކީމް އިދްރީސްއަށް އެވޯޑް ހަވާލުކުރައްވަނީ-- ފޮޓޯ: އިބްރާހިމް ޝަމްވީލް / ނުކުތާ
ރޭ ބޭއްވި މަގޭ ދަރަވަންދޫ އެވޯޑް 2025 ގައި އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ލައިފްޓައިމް ސާވިސް އެވޯޑް އަބްދުލް ހަކީމް އިދްރީހަށް ދީފިއެވެ.
ހަކީމަކީ ދަރަވަންދޫއަށް އެތައް އަހަރެއް ވަންދެން އެކި ދާއިރާތަކުން ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ހިދުމަތަކީ އެންމެ ފުރަތަމަ ފަހަރަށް އެ ރަށު ރައްޔިތުންނަށް ކަރަންްޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުމެވެ.
ރަށުގެ ތަރައްގީއަށް ކުރާ ހުރިހާ މަސައްކަތެއްގައި އަމަލީ ގޮތުން އިސް ސަފުގައި ހަކީމް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ރަށުގެ ބަނދަރު ހެދުމަށް ކަނޑުތޮށީ ލުމުގެ މަސައްކަތުގެ މޭސްތިރިއެއްގެ ގޮތުގައި ވެސް ހުންނެވީ ހަކީމެވެ.
ހަކީމަކީ އެ ރަށުގައި ހުރި އެންމެ ތަނަވަސް މީހާއަށްވާތީ އެތައް ބަޔަކަށް ދާއިމީ ގޮތުން ވަނީ އެހީވެދެއްވާފައެވެ. މިނޫން ވެސް އެތައް ހިދުމަތްތަކެއް ހަކީމް ވަނީ އެ ރަށަށް ކޮށްދެއްވާފައެވެ.
މި އެވޯޑުގެ އިތުރުން އަދި ހަ އެވޯޑެއް ރޭ ވަނީ ދީފައެވެ. އެއީ ތައުލީމީ އެވޯޑް, މަތީ ދަރަޖަ އެވޯޑް, ރަށަށް ރީތި ނަން ހޯދައިދިނުމުގެ އެވޯޑް, ހިދުމަތުގެ ރިހި އެވޯޑް, ހިދުމަތުގެ ރަން އެވޯޑްގެ އިތުރުން ހިދުމަތުގެ އަލިމަސް އެވޯޑްއެވެ.
މި ހަފްލާއަކީ ދަރަވަންދޫއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ ދުނިޔޭގެ ފެންވަރުގައި, ގައުމީ ފެންވަރުގައި, އަދި އަތޮޅު ފެންވަރުގައި ހިދުމަތްކޮށްދެއަވާފައިވާ މީހުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

5 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން