-8402fff9.png)

ފާޠިމަތު ހިބާ

އަތޮޅުތެރޭ ރަށްތަކުގައި ކައުންސިލުން ރޯދަ ހަދިޔާ ބަހަނީ --ފޮޓޯ/އެކްސް
ހަ ރަށެއް ފިޔަވާ ހުރިހާ ރަށެއްގައި މަސްދަޅުކޭސް ދޯކޮށް ނިމިއްޖެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ އެންމެ ހަ ރަށް ފިޔަވައި ހުރިހާ ރަށެއްގައި ރޯދަ ހަދިޔާ ބަހާ ނިމިފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ ރަށްރަށުގެ ރޯދަ ހަދިޔާ ބެހުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު، ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މި ސަރުކާރުން ދަނީ މަސްދަޅު ކޭހެެއް ދޫކުރަމުންނެވެ. އެގޮތުން ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު ވަނީ ނިންމާލާފައެވެ. އަދި ރަށްރަށުގައި މަސް ކޭސް ދޫކުރުން ކުރިއަށް ގެންދަނީ ކައުންސިލުތައް މެދުވެރިކޮށެވެ.
މާލެ ސަރަހައދުގައި މަސްދަޅު ކޭސް ދޫކުރުން ނިންމާލާފައިވީނަމަވެސް އެއްވެސް ސަބަބަކާ ހުރެ ރޯދަ ހަދިޔާ ނުނަގާ ތިބި މީހުންނަށް މުލަ ރޯދަ ދުވަހާ ހަމައަށް މިފްކޯ މަރުކަޒުން މަސް ކޭސް ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން މިފްކޯއިން މަސްދަޅުކޭސް ދޫކުރާނީ ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލެ ސަރަހައްދުގައެވެ. އެގޮތުން އެ މަސައްކަތް ފަށައިފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.

5 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން