-8402fff9.png)

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަނީ--ފޮޓޯ
މިހާތަނަށް 19،000 ގިނަ މަސްދަޅު ކޭސް ބަހާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި، މަސްދަޅު ބެހުމުގެ މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުންނެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު، ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މި ސަރުކާރުން ދަނީ މަސްދަޅު ކޭހެެއް ދޫކުރަމުންނެވެ. އެގޮތުން ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އަތޮޅުތަކުގެ ރަށްރަށުގައި ވެސް މިހާރު ވަނީ ފަށާފައެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލެ ސަރަހައްދުގައެވެ. އެގޮތުން އެ މަސައްކަތް ފަށައިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. ސަރުކާރުން މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
ރޯދަ ހަދިޔާ ހޯދުމަށް އެކަކަށް ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ ދެ ގޭބިސީގެ ކަރަންޓް މީޓަރަށެވެ. ރަޖިސްޓްރީވުމުން ލިބޭ ޓޯކަން ބޭނުންކޮށްގެން، އެމީހަކު ބޭނުންވާ މަރުކަޒަކާއި، ތާރީޚާއި ވަގުތު އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ރޯދަ ހަދިޔާ ދޫކުރާނީ ޓޯކަން ރަޖިސްޓްރީ ކުރި ފަރާތަށް އެކަނިކަމަށްވާއިރު، ހަދިޔާ ބަލައިދާއިރު އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެއެވެ.
ހަދިޔާ ދޫކުރާނީ ހުކުރު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ. މާލޭގައި މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުން ހަދިޔާ ދޫކުރާނެއެވެ.
ހުޅުމާލެ ފޭސް 1 ގައި އުމަރު ޒާހިރު ބިލްޑިން، ޕޮލްކޯ ޓަވަރު އަދި މުޙައްމަދު ޤާސިމް ޕްރީސްކޫލުން ހަދިޔާ ލިބޭނެއެވެ.
ފޭސް 2 ގައި ކާމިލްދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރުން ހަދިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

5 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން