-8402fff9.png)

މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި 113،382 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިރޯދަމަހުގެ ރޯދަހަދިޔާ ބެހި ގޮތާއި ބެހޭ ގޮތުން ވަނީ ވަޒީރު ތަފްސީލު ހިއްސާކުރައްވާފައެވެ.
މިގޮތުން މާލޭ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާއިރު ޖުމްލަ 55،667 މަސްދަޅުކޭސްވަނީ ބަހާފައެވެ. އަތޮޅުތަކަށް 57،715 ކޭސް ދޫކޮށްފައިވާއިރު ޖުމްލަ އަދަދު 113،382 ކަށް އަރައެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު އަތޮޅުތަކަށް ފޮނި ކޭސްގެ އަދަދު ދަށްވެފައި ވާއިރު މާލޭ ސަރަހައްދަށް 5،000 ކޭސް އިތުރަށްވަނީ ބަހާފައެވެ.
މިއަހަރަކީ ރޯދަ ހަދިޔާ ޕްރޮގްރާމް ހިންގާ ތިންވަނަ އަހަރު ކަމަށް ވާއިރު ސަރުކާރުން ދިވެހި ކޮންމެ އާއިލާއަކަށް 48 ދަޚުގެ މަސްކޭސް ވަނީ ދޫކޮށްފައެވެ.