-8402fff9.png)

ފާޠިމަތު ހިބާ

ވަޒީރު އަލީ އިހުސާން--ފޮޓޯ/ސަރުކާރު
މަސްތުވާތަކެތީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން މި އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މަސްތުވާތެކީގެ ފަރުވާ އަމިއްލަ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންޑީއޭއަށް ހުޅުމާލެއިން ލިބިފައިވާ ބިމުގެ އިތުރުން ގްރީންގެވެސް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ޑްރަގަށް މިއޮތް މައްސަލައާ އެއްވަރަށް ހައްލު ގެނައުމަށް ބޭނުންވާ ރިހެބިލިޓޭޝަނަށް ބޭނުންވާ ސެޓަޕް އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި ގެނެސްދޭނަން." ވަޒީރު
މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ވަކި ބަރުދަނެއް ހަމަވާނަމަ ، އެފަރާތްތަކަށް މަރުގެ އަދަބު ދިނުމަށްވެސް މިހާރުވަނީ ކަނޑައަޅާފައެވެ. އެގޮތުން މަސްތުވާތަކެތީގެ ގާނޫނަށް ގެނެވިފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ މުޅި ދައުލަތް ހިމެނޭހެން މަސައްކަތް ކޮށްގެން ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތުގައި ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޑްރަގުގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނަށް އަފްއާމް ދިނުމުގެ ކަންކަން އުނިކޮށްފަ އޮތްއޮތުމުން ހާމަވަނީ މި މައްސަލަ ހައްލުކުރުމަށް ރައީސް ބޭނުންފުޅުވާ މިންވަރު ކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ ހެޔޮގޮތުގައި މުޖުތަމަޢަށް އަލުން އަނބުރާ ނެރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ވަރަށް ހާއްސަ އިސްކަމެއްދެއްވާ ކަމެކެވެ.
މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް މިހާރު ވަނީ ދީފައެވެ.

1 ދުވަސް ކުރިން

2 ދުވަސް ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

12 ދުވަސް ކުރިން

19 ދުވަސް ކުރިން

24 ދުވަސް ކުރިން

25 ދުވަސް ކުރިން