-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގެ ރަށްތަކުގައި ޕޮލިސް ސްޓޭޝަންތައް ހުޅުވުމުން އެ ރަށްރަށުގައި ކުށްކުރާ މިންވަރު މަދުވާކަމަށް ހޯމް މިނިސްޓަރު އަލި އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވީ ނ. މާފަރުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ, މީގެކުރިން ޕޮލިސް ސްޓޭޝަންތައް ހުޅުވި ރަށްރަށުގެ ކުށުގެ މާހައުލު ބަދަލުވެ ރައްޔިތުންގެ ފަރާތުން ނަމޫނާ ފެންނަކަމަށެވެ.
“ހާއްސަކޮށް މި ހިސާބުގައި ގެވެށި އަނިޔާގެ މައްސަލަތަކާ އެއްޗެހި ރިޕޯޓުކުރެވޭލެއް ގިނަ. މި ބާވަތުގެ ކަންކަމަށް ވަރަށް ޕޮޒިޓިވް އިމްޕެކްޓެއް އައިސްފައި އެބަހުރި. ވަރަށް ބޮޑުތަނުން ކުޑަވެފައި އެބަހުރި. އެހެން ރަށްރަށުގައި އަމިއްލަ ސްޓޭޝަން ހަދައިގެން މަސައްކަތް ފެށި ހިސާބުން. އެހެންވީމާ، އަޅުގަނޑު އެ ދެން، މި ރަށުގައި ވެސް އެ ރޫހުގައި، މި ރަށުގައި ތިއްބަވާ ފުލުހުން އެ ގޮތުގައި އެ މަސައްކަތްތައް ކޮށްދެއްވުމަށް”. މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ވީހާވެސް ގާތުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އަދި މުޖުތަމައު ތެރޭގައި އޮންނަންޖެހޭ ހަމަޖެހުން އެންމެ ފުރިހަމައަށް ގާއިމުވެގެންދާނީ ރައްޔިތުން ވެސް ފުލުހުންނާ އެކުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޭނުންވާ މައުލޫމާތުތައް ގަވާއިދުން ފޯރުކޮށްދިނުމާއި، ފުލުހުންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަންދިނުމާއި، ފުލުހުންނަށް އެދޭ ހާލަތުގައި އަދި ފުލުހުންގެ ހިދުމަތަށް އެދޭ ހާލަތުގައި ވީހާވެސް އަވަހަކަށް އެ ހިދުމަތްތައް ހޯދުމަށް ރައްޔިތުންގެ ކިބައިން މިނިސްޓަރު ވަނީ އެދިލައްވާފައެވެ.
މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި. ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދު ވަނީ، ނ. އަތޮޅުގައި އެންމެ ފުރަތަމަ ފުލުހުންގެ މަރުކަޒެއް ގާއިމުކޮށްފައިވަނީ 1999 ވަނަ އަހަރު ކަމަށާއި އޭރު ފުލުހުންގެ ސްޓޭޝަންތައް އަތޮޅުތެރޭގައި ނެތްކަން ފާހަގަކުރައްވާފައެވެ. އަދި މި އަހަރުގެ މިއަދާ ހަމައަށް އައިއިރު އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުން ތިބެގެން ހިދުމަތް ދެމުންދާކަމަށާއި، ފުލުހުން ބޭނުންވާގޮތަށް ޑިޒައިންކޮށްގެން ފުލުހުންގެ މަރުކަޒުތައް ހުޅުވަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންގެ އިމާރާތްތަކާއި މުވައްޒަފުންނާއެކު ލިބޭ ކުރިއެރުމާއި ވަސީލަތްތަކާ އެއްވަރަށް ފުލުހުންގެ ފަރާތުންދޭ ހިދުމަތުގެ ފެންވަރު ވެސް މިއަދަށްވުރެ ރަނގަޅުކުރުމަށާއި، މަސައްކަތް ކުރަންތިބި ފުލުހުން އިތުރު ވިސްނުންތައް ހޯދައި ދެނެގަނެގެން މުއައްސަސާ ލެވެލްގައި، ރައްޔިތުން އެންމެ ގަޔާވާ، ޝައުގުވެރިވާނެ ފަދަ ހުރިހާ ގޮތްތަކެއް ހޯދައިގެން ފުލުހުންގެ ހިދުމަތް ފުޅާކުރުމަށެވެ.
ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ރީޖަން ކޮމާންޑަރާއި، އަތޮޅު ކޮމާންޑަރުންގެ އިތުރުން ދެ ރަށުގެ ކައުންސިލު މެންބަރުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން