-8402fff9.png)

ފާޠިމަތު ހިބާ

ރޯދަ ހަދިޔާ ދޫކުރުމުގެ ތެރެއިން--ފޮޓޯ
ރޭގެ ނިޔަލަށް މާލެ ސަރަހައްދުގައި 53،308 މަސްދަޅު ކޭސް ދޫކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު، ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މި ސަރުކާރުން ދަނީ މަސްދަޅު ކޭހެެއް ދޫކުރަމުންނެވެ. އެގޮތުން ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އަތޮޅުތަކުގެ ރަށްރަށުގައި ވެސް ވަނީ ފަށާފައެވެ. ރަށްރަށުގައި މަސް ކޭސް ދޫކުރަނީ ކައުންސިލުތައް މެދުވެރިކޮށެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލެ ސަރަހައްދުގައެވެ. އެގޮތުން އެ މަސައްކަތް ފަށައިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ
ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުންދޭ ހަދިޔާ، މާލޭ ސަރަހައްދުގައި ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ވަނީ ނިމިފައެވެ. ނަމަވެސް އެއްވެސް ސަބަބަކާ ހުރެ ރޯދަ ހަދިޔާ ނުނަގާ ތިބި މީހުންނަށްވެސް މުލަ ރޯދަ ދުވަހާ ހަމައަށް މިފްކޯ މަރުކަޒުން މަސް ކޭސް ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން މިފްކޯއިން މަސްދަޅުކޭސް ދޫކުރާނީ ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ.

5 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން