-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ފަލަކީ ހިސާބުތަކަށް ބަލާއިރު، މާދަމާ އަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ (ބުދަ ދުވަސް) ކަމަށެވެ.
މި މުނާސަބަތުގައި ރައީސް މައުމޫން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ މުސްލިމުންނަށް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސް މައުމޫނަކީ ދީނީ އަދި ފަލަކީ ކަންކަމުގައި ދިރާސާކުރައްވައި، މައުލޫމާތު ހިއްސާކުރައްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން