-8402fff9.png)

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 14 މިލިއަނެއްހާ ރުފިޔާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބަހައި ނިންމައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ކުރިއަށް ގެންގޮސްފައިވާ މިމަސައްކަތުގެ ތެރެއިން ޒަކާތް ލިބުމަށް ޝަރުތުހަމަވާ މީހުންނަށް ފިތުރު ޒަކާރް ބަހާފައިވީއިރު ބޮލަކަށް 6000 ދިވެހި ރުފިޔާ ޖެހިފައިވެއެވެ. މިއީ ހަމަހަމަކޮށް ފިތުރުޒަކާތް ބެހުމުގައި މިހާތަނަށް އެންމެ ގިނަ އަދަކަށް ފިތުރުޒަކާތް ބެހި ފަހަރެވެ.
ޖުމްލަ 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު މިއީ މިހައި ތަނަށް ފިތުރު ޒަކާތަށް މިހައި ގިނަ އަދަދެއްގެ ފައިސާ ލިބުނު އަހަރެވެ. މީގެ ތެރެއިން ބަހާފައިވަނީ 13،896،000 ރުފިޔާއެވެ.
ޒަކާތް ދެއްކޭނެ ގޮތް ފަސޭހަކުރުމަށްޓަކައި މިއަހަރު ފިތުރު ޒަކާތް ދެއްކުމަށް ވަނީ ހަތް އޮންލައިން ޕްލެޓްފޯމެއް ކަނޑައަޅާފައެވެ. އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫވާ ފަރާތްތަކަށް ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ޒަކާތުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނާގޮތުގައި ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ވަނީ މޮނިޓަރ ކުރެވިފައެވެ.
-8af30958.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން