-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

ދުބާއީ އެއާޕޯޓަށް އީރާނުން ޑްރޯން ޙަމަލާތައް ދީފައި --
އެމެރިކާއާއި އީރާނާއި ދެމެދު މިހާރު ހިނގަމުންދާ ހަަަނގުރާމައިގައި އީރާނުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ އަށް އިތުރު ހަމަލާތަކެއް ދީފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، އީރާނުން ހަމަލާދިނީ ދުބާއީގެ ބައިނަލްއަގުވާމީ އެއާޕޯޓަށާއި ދުބާއީގެ މަޝްހޫރު ބުރުޖް އަލް އަރަބް ހޮޓަލަށެވެ.
މި ހަމަލާތައް އީރާނުން ދިނީ ޑްރޯން ބޭނުންކޮށެވެ.
އެގޮތުން ދުބާއީ މީޑިއާ އޮފީސް އިން “އެކްސް” ގައި ބުނި ގޮތުގައި މި ހަމަލާއާ ގުޅިގެން އެއާޕޯޓަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެއެވެ.
އަދި މި ހަމަލާގައި ހަތަރު މި މީހަކަށް އަނިޔާވި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
އީރާނުގެ މި ޙަމަލާތަކުގައި ގަލްފުގެ އެކި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ފެސިލިޓީތަކަށް ބޮން އަޅައިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ގަތަރުގައި ހުންނަ އެެމެރިކާގެ މިިލިޓަރީ ބޭސްއަށާއި، ބަހްރައިންގައި ހުރި އެމެރިކާގެ ނޭވީ ފެސިލިޓީތައް ކަމަށްވާ ފަސްވަނަ ފްލީޓްއަށް އަދި ސައުދީ އަރަބިއްޔާ އަށް ވެސް އީރާނުން ވަނީ ބޮން އަޅާފައެވެ.
-dcc61562.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން