-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ޝެއިޚް އާޒިމް ޚާލިދު ތަގުރީރު ކުރައްވަނީ --
ރާއްޖޭގެ ދީނީ އިލްމުވެެރިންގެ ތެރެއިން މިއަދު އެންމެ ފާހަގަކޮށްލެވޭ އިލްމުވެރިއަކީ ޝެއިހް އާޒިމް ޚާލިދެވެ. އޭނާ ދީނީ ހޭލުންތެރިކަމުގެ މަސައްކަތްތަކުގައި ގިނަ މަސައްކަތެއް ވަނީ ކުރައްވައިފައެެވެ. މަދީނާ ޔުނިވާސިޓީން ދަސްވެނިވުމަށްފަހު ރާއްޖެ ވަޑައިގެން ހޭދަވި ކުޑަދުވަސްކޮޅު ތެރޭގައި ދީނީ ދައުވަތު ފޯރުކޮށްދެއްވުމަށް ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރަށަކަށްެހެން އޭނާ ވަނީ ދަތުރުކުރައްވައިފައެވެ. މިހާރު ޝެއިހް ވަޑައިނުގަނެ އޮތީ އެންމެ ހައެެއްކަ ރަށެެވެ.
ދީނީ ދައުވަތުގައި ޝެއިހް އެންމެ ބޮޑަށް ފާހަގަކުރެވެނީ ސޯޝަލްމީޑީއާގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހަދާ ވީޑިއޯތަކެވެ. އޭނާގެ ވީޑިއޯތަކަށް ގިނަބައެއްގެ ލޯބި ލިބިފައިވާއިރު އެ މެސެޖުތަކުގެ ސަބަބުން ހެޔޮ އަސަރުތަކެއް ވަނީ ކޮށްފައެވެ. އަދި ގިނަ ޒުވާނުންނަށް ޝެއިހްގެ އެ ދީނީ ކޮންޓެންޓުތައް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.
ޝެއިހްއާއެކު ދީނީ ދައުވަތުގައި މަސައްކަތްކުރާ ޒުވާނުންތަކެއް އިސް ނަގައިގެން ވަނީ ޝެއިހްގެ ދައުވަތުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.
އެ ކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ, ނުކުތާގެ ސީއީއޯ ޢާލިމް އަބްދުއްލަތީފް ވިދާޅުވި ގޮތުގައި މިއީ ޝެއިހްގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ޓަކައި ނުހަނު ބޭނުންކަމެކެވެ. އަދި ޑިޖިޓަލް ދައުވަތުގެ މަސައްކަތަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވާއިރު, އާއްމުންގެ ދީލަތި އެހީއާއެކު ޝެއިހްގެ ވީޑިއޯތައް ގިނަކޮށް ވީޑިއޯތަކުގެ ކޮލިޓީ މަތިކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޝެއިހްއަށް އެހީތެރިވުމަށް ހަދިޔާ ކުރާ ފައިސާ ހޭދަކުރާ ގޮތް ވެސް އަޅުގަނޑުމެން ހާމަކުރާނަން. ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި މި ކަން ކުރިއަށް ދާނީ," އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ޝެއިހްގެ އެ ވީޑިއޯތަކުގެ ސަބަބުން މިހާރު ވެސް ގިނަ ބަޔަކަށް ހެޔޮ އަސަރުތަކެއް ކުރާ ކަމަށެވެ.
"އިންޝާالله ކުރިއަށް އޮތްތަނުގައި ޝެއިހްގެ ތަފާތު ގިނަ މަސައްކަތްތަކެއް ފެންނާނެ. އަޅުގަނޑުމެން މި ތިބީ ޝެއިހާއެކު. ތިޔަ ބޭފުޅުންގެ އެހީއަކީ މި ވީީޑިއޯތަކާއެކު ދިގުދެމިގެންދާ ސަދަގާތަކަށް ވާނެ އިރާދަކުރެއްވިއްޔާ," ޢާލިމް ވިދާޅުވިއެވެެ.
މި ކެމްޕެއިނުގައި ހަދިޔާކުރާ ހުރިހާ ފައިސާއެއް ވަންނާނީ ސީދާ ޝެއިހް އާޒިމްގެ އެކައުންޓަށެވެ. އަދި އޭނާގެ އެކައުންޓަށް ވަންނަ ފައިސާގެ ތަފްސީލް މި ލިންކުން ބަލައިލެވޭނެއެވެ.
އެކައުންޓް ނަންބަރު: 7770000097187
އެކައުންޓުގެ ނަން: AZIM KHALID