-8402fff9.png)

މަރްޔަމް މާޙީ

އަލްވާދީ ގްރޫޕް އާއި ނުކުތާއާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ: ނުކުތާ
އަލްވާދީ ހައްޖް އެންޑް އުމްރާ ގުރޫޕާއި ނުކުތާއާ ދެމެދު އެކްސްކްލޫސިވް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ނުކުތާގެ ފަރާތުން ސޮއިކުރެއްވީ އެ ނޫހުގެ ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު ޔަމީންއެވެ. އަދި ވާދީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުލް ހަފީޒެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނުކުތާގެ ސީއޯއޯ ޔަމީން ވިދާޅުވީ މި އެއްބަސްވުމާއެކު ބޮޑު އުންމީދުތަކެއް އެބަހުރި ކަމަށެވެ. އަދި ނުކުތާގެ އޯޑިއަންސްގައި ޒުވާނުން ގިނައިން ހިމެނޭތީ ޒުވާނުންނަށް އަމާޒުކޮށްގެން ހައްޖާއި އުމްރާގެ ކޮންޓެންޓްތައް ގެނެސްދިނުން ކަމަށެވެ.
އަލްވާދީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ސީއީއޯ ހަފީޒް ވިދާޅުވީ މިއަދަކީ އެ ގުރޫޕަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ނުކުތާގެ ޓީމާއެކު އެއް އަހަރުގެ އެކްސްކުލޫޒިވިޓީ ލިބުމަކީ ވަރަށް ފައިދާކުރުވަނިިވި ކަމަކަށް ވާނެ ކަމަށެވެ.
"ނުކުތާގެ ޓީމަކީ އަޅުގަނޑު ދަންނަވާނީ މިއަދު ރާއްޖޭގައި ނޫސްވެރިކަމުގައި ފިޔަޖަހަމުން އަންނަ ތަރިއެއް. ވަރަށް ޒުވާން ޓީމެއް," އޭނާ ވިދާޅުވިއެވެ.
ހ އަލްވާދީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ އިސް އިލްމުވެެރިއަކީ ރާއްޖޭގެ ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯއްދަވައިފައިވާ ޝެއިހް އާޒިމް ޚާލިދެވެ.

2 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން
-a198e9aa.jpg)
8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން