-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް ފޯރުކޮށްދިނުމަށް އުފެއްދި ސަރުކާރު ބޭސް ކުންފުނި، ސްޓޭޓްފާމާ އިން ބޭސް ހޯދުމަށް ގުޅާނޭ ހޮޓްލައިން ނަންބަރާއި ޕޯޓަލް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި ބޭހަށް އޯޑަރު ކުރުމަށާއި މައުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރަކީ 1505 އެވެ.
ސްޓޭޓްފާމާއިން ބުނީ މި ހޮޓްލައިން މެދުވެރިކޮށް ހަފްތާއަކު ހަތް ދުވަހު، 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށަކުންވެސް މި ނަންބަރަށް ގުޅައިގެން ޚިދުމަތް ހޯދުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ. މި ހޮޓްލައިން މެދުވެރިކޮށް ބޭސް އޯޑަރުކުރުމާއި، ޒަރޫރީ ސިއްހީ ސާމާނު ހޯދުމުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ހޮޓްލައިންގެ އިތުރުން، ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް އީފާސް ބޭނުންކޮށްގެން ބޭހަށް އޯޑަރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕޯޓަލް މެދުވެރިކޮށް ބޭހުގެ ސްޓޭޓަސް އާއި ޑެލިވެރީގެ ކަންތައްތައް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވެސް ވަނީ ގާއިމުކޮށްފައެވެ.
މުހިންމު ބޭހާއި ސިއްހީ ސާމާނު ހޯދުމުގައި އެހީ ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް 1505 އަށް ގުޅުމަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް އޯޑަރުކުރުމަށް ސްޓޭޓްފާމާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ސްޓޭޓްފާމާއަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން 2025 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ވީހާވެސް ފަސޭހައިން އަދި އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
-b5f03ed3.jpg)
3 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން