-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް ފޯރުކޮށްދިނުމަށް ސަރުކާރުން އަލަށް އުފެއްދި ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސް (ސްޓޭޓް ފާމާ) ގެ ބޭސް ފިހާރަތަކެއް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވުމަށް ނިންމައިފިއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އައިޖީއެމްއެޗްގައި މިހާރު ސްޓޭޓް ފާމާގެ ފާމަސީއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި ފާމަސީ މެދުވެރިކޮށް ބޭސް ސިޓީ ހުށަހެޅުމުން، ބޭނުންވާ ބޭސްތައް ގެނެސްދިނުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ކުރިން އެސްޓީއޯއިން ކުރަމުން އައި މި މަސައްކަތް ސްޓޭޓް ފާމަށް ބަދަލުވުމާއެކު، އަމާޒަކީ ބޭސް ސިޓީ ލިބޭތާ 14 ދުވަސް ތެރޭގައި ބޭސް ގެނެސްދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތައް ވަރަށް ބޮޑަށް ރޭވިގެން ކުރިއަށްދާއިރު، ބޭނުންވާ މައުލޫމާތު ދިނުމަށާއި ބޭހެއް ބޭނުންވެއްޖެ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތް ކިޔައިދިނުމަށް ހާއްސަ ހޮޓްލައިނެއް ގާއިމްކުރާނެ ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ. ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ސްޓޭޓް ފާމާގެ ދަށުން މެދުނުކެނޑި ކުރިއަށްދާކަން ސަރުކާރުން ކަށަވަރުކޮށްދެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށީގައި ސްޓޭޓް ފާމާގެ ހިދުމަތްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަހައްދުތަކުގައި ހިދުމަތް ފެށުމުން ދިވެހިންނަށް ބޭސް ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ==.
މި އައު ނިޒާމުގެ ދަށުން ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާވެ، ރައްޔިތުންނަށް ދަތިނުވެ ބޭސް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ވެސް މާލީ ވަޒީރުގެ ވިދާޅުވިއެވެ.
-b5f03ed3.jpg)
3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން