-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރާއްޖޭގެ ބޭހުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓްފާމާގެ ޕޯޓަލް މެދުވެރިކޮށް އީފާސް ބޭނުންކޮށްގެން ބޭހަށް އޯޑަރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިއީ މުޅި ރާއްޖޭގައި ބޭސް ލިބުމުގެ އިންތިޒާމުތައް އިތުރަށް ފަސޭހަކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރި ޚިދުމަތެކެވެ.
އެމްއެމްޓީވީގެ "އަދާހަމަ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް ވިދާޅުވީ، އަލަށް ތައާރަފްކުރި މި ޕްލެޓްފޯމް މެދުވެރިކޮށް ބޭސް ސިޓީ އަޕްލޯޑް ކުރުމާއި ބޭހަށް އޯޑަރު ދިނުމުގެ މަސައްކަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، އޯޑަރު ކުރާ ބޭސް ޑެލިވަރީ ކުރުމުގެ ކަންކަން ކުރިއަށްދާ ގޮތްވެސް ހަމަ އެ ޕޯޓަލް މެދުވެރިކޮށް ބަލައިލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓްފާމާއިން ވަނީ 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1505 ވެސް ތައާރަފްކޮށްފައެވެ. މި ހޮޓްލައިންގެ މައިގަނޑު ބޭނުމަކީ މުހިއްމު ބޭސްތައް ހޯދުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.
ސްޓޭޓްފާމާއަކީ ރާއްޖޭގެ ބޭހުގެ ބާޒާރުގައި ހުރި މައްސަލަތައް ހައްލުކޮށް، ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. މި އައު ޚިދުމަތްތަކާއެކު ބޭސް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
-b5f03ed3.jpg)
3 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން
-d1e42f7f.jpg)
11 މަސް ކުރިން