-8402fff9.png)
-0416858a.jpg)
މިއަދު ކުރިއަށްދާ ތިން އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލުން އަދިވެސް ނުފެށޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މި އިންތިޚާބުގައި ބެހެއްޓިފައިވާ ޖުމްލަ 588 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ވޯޓުލުން ފެށިފައިވަނީ 560 ފޮށީގައެވެ. ބާކީ ހުރި 28 ފޮށްޓެއްގެ ވޯޓުލުން އަދިވެސް ފެށިފައި ނުވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މިއަދު ހެނދުނު 08:00 އިން ފެށިގެން ވޯޓުލުން ރަސްމީކޮށް ފެށިފައިވާއިރު، ބައެއް ފޮށިތަކުގެ ވޯޓުލުން ނުފެށި ލަސްވަމުންދާ ސަބަބެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި އިންތިޚާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ. އަދި ވޯޓުލުން ނިމުމަށްފަހު، ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައެވެ.

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން
-4c3b89c6.jpg)
7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން