-8402fff9.png)

ޢާއިޝަތު ނުޒުހާ

ގައްދޫގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން -- ފޮޓޯ: ވީޑިއޯ ކެޕްޗާ
ގދ. ގައްދޫގައި ބަހައްޓާފައިވާ ހުރި ވޯޓުލާ މަރުކަޒުގައި ހުރި ބޫތު ބަދަލުކުރަން އުޅުމުން ހަމަނުޖެހުމެއް ހިނގައިފިއެވެ.
ހަމަނުޖެހުން ހިނގާފައިވަނީ ވޯޓުގައި ފާހަގަ ޖަހާ ބޫތު ހުރި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށް ބުނެ ކުރި ޒުވާބެއްގެ ތެރެއިންނެވެ.
ފުލުހުން ބުނި ގޮތުގައި, ވޯޓު ލުން ކުރިއަށް ދަނިކޮށް, ސިއްރު ނުހިފޭތީ ކަމަށް ބުނެ އެ ތަނަށް ވަދެ ބޫތަށް ބަދަލު ގެންނަން އުޅުމުގެ ސަބަބުން ހަމަނުޖެހުމެއް ވަނީ ހިނގައިފައެވެ.
އެހެންނަމަވެސް މިހާރު އެ ސަރަހައްދު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ސާފެއްނުވެއެވެ.
މާލޭގައި ބަހައްޓާފައި ހުރި ގައްދޫ ވޯޓު ފޮށި ކައިރީގައި ވެސް ސިއްރު ނުހިފެހެއްޓޭ ކަމަށް ބުނެ މިއަދު ހެނދުނު ހަމަނުޖެހުން ހިންގާފައިވެއެވެ.

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން
-4c3b89c6.jpg)
7 މަސް ކުރިން

7 މަސް ކުރިން