-8402fff9.png)

ޢާއިޝަތު ނުޒުހާ

އެމްޑީޕީގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައި އޮތް އުކުޅަހު ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއިން --
އިދިކޮޅު އެމްޑީޕީގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައި އޮތް އއ. އުކުޅަހުން ސަރުކާރު ހިންގާ ޕީއެންސީއިން ތާރީހީ މޮޅެއް ހޯދައިފިއެވެ.
ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފްވިއިރުއްުސުރެ ފާއިތުވީ 20 އަހަރު ވެސް އުކުޅަހަކީ އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި ބެލެވިފައި އޮތް ރަށެކެވެ. ލާމަރުކަޒީ ނިޒާމާ އެކު ކައުންސިލަރުން އިންތިހާބުކުރަން ފެށީއްސުރެ އުކުޅަހު ކައުންސިލްގެ ރައީސަކަށް ހުންނެވީ ޝައުކަތު އިބްރާހިމެވެ.
އެހެންނަމަވެސް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބު ކޮށްފައިވަނީ ޕީއެންސީއިންނެވެ. ޝައުކަތު ބަލިކޮށް ކައުންސިލްގެ ރައީސްކަން ކާމިޔާބުކުރީ އަލީ ވަހީދެވެ. ދެން ކައުންސިލަށް އިންތިހާބުވީ އައިމިނަތު ޒޫނާ އަދި މުހައްމަދު ޝަފްރާޒެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތެރެއިން ދެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީއިންނެވެ.
ވިހި އަހަރަށް ފަހު އުކުޅަހުން މި ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ރަށުގައި ހަވާ އެރުވުމަށް ވަނީ ނިންމައިފައެވެ. ކާމިޔާބީ ފާހަގަކުރުމަށް ހަވާ އަރުވަނީ މިރޭ 09:00 ގައެވެ.