-8402fff9.png)

މަރްޔަމް މާޙީ

އއ. އުކުޅަހުގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު އޭނާގެ ބައްފައަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ 26 އަހަރުގެ ފިރިހެނެއް, އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލަ އޮގަސްޓު 31ވަނަ ދުވަހުގެ ރޭ 22:20ހާއިރު ފުުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އަނިޔާވި މީހާއަށް އުކުޅަހު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ޓެސްޓުތައް ހެދުމަށް މާލެއަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.
މައުލޫމާތު ލިބޭގޮތުގައި އަނިޔާވެފައިވަނީ އޭނާގެ އަތަށާއި ބަނޑަށެވެ.
"މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ވަނީ ދޫކޮށްލާފަ. އަދި މމިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން," ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން