-8402fff9.png)
އައިޝަތު ޝިފްނާ
ހަތަރު މީހުން އަރުވައިގެން ބާރު ދުވެލީގައި ސައިކަލު ދުއްވި މީހެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު އއ. އުކުޅަހު ބަނދަރު ސަރަހައްދުން ސައިކަލެއްގައި ހަތަރު މީހުން އަރުވައިގެން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދަނިކޮށް ކަމަށެވެ.
އޭނާ މަޑުކުރަން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހަޑިހުތުރު ބަހުން ހަޅޭއްލަވައި އަޑުގަދަކޮށް އެ ސަރަހައްދުގެ އާންމު މަސްލަހަތު ނަގާލާފައިވާކަމަށްވެސް ފުލުހުން ބުންޔެވެ.
މިކަމުގެ ސަބަބުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުނު ކަމަށް ފުލުހުން ފާހަގަކުރިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެރަށު ޑޭޒީމާގޭ އަހްމަދު ނަސީމު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން