-8402fff9.png)

ޢާއިޝަތު ނުޒުހާ

މީދާ މަރާ ވިހަ ނުވަތަ ރެޓް ޕޮއިޒަން ފެނިގެން ކުޑަކުދިންގެ ތައްޔާރީ ކާނާއެއް ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ, ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ "ހިޕް" ނަމަކަށް ކިޔާ ކުޑަކުދިންގެ ކާނާގެ އުފެއްދުމަކުން މި ވިހަ އެކުލެވޭ ކަމަށް ޝައްކު ކުރެވިގެން ބައެއް އޮސްޓްރޭލިއާގެ ބާޒާރުން ނަގަމުން އަންނަ ކަމަށެވެ.
މި މައްސަލަ އެ ގައުމުގެ ފުލުހުން ވެސް ބަލަމުން އަންނައިރު, މި އުފެއްދުން ރާއްޖެއަށް ވެސް އެތެރެކޮށް ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށް އެ އިދާރާއިން ބުންޏެވެ. އެހެންނަމަވެސް މިއީ މިހާތަނަށް އެ އިދާރާގައި ރެޖިސްޓްރީ ކޮށްފައިނުވާ އުފެއްދުމެއް ކަމަށާއި މި ބްރޭންޑްގެ އެއްވެސް ތައްޔާރީ ކާނާއެއް ބޭނުން ނުކުރުމަށާއި އެތެރެނުކުރުމަށް އެ އިދާރާއިން އެދިފައިވެއެވެ.

3 މަސް ކުރިން
-aca689fe.jpg)
4 މަސް ކުރިން

4 މަސް ކުރިން
-e0afca92.png)
6 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން