-8402fff9.png)
ސައިފުﷲ އަލީ

ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލުކޮށްގެން ހަދާފައިވާ ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ އެ ތަކެތި އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު އެންގުމެއްގައިވާ ގޮތުން ރާއްޖެއަށް އެތެރެކޮށްފައިވަނީ 'އޮޕްޑީވޯ' ބްރޭންޑުގެ ނުވަތަ ޖެނެރިކް ނަމުން ނަމަ ނިވޮލުމަބްގެ އިންޖެކްޝަންތަކާއި އެއްގޮތަށް ނަކަލުކޮށް ތައްޔާރުކޮށްފައިވާ އިންޖެކްޝަންތަކެކެވެ. މިއީ ސިއްހީ ގޮތުން ނުރައްކާތެރި ބޭހެއް ކަމަށްވާތީ އެ އޮތޯރިޓީން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.
މަނާކުރި ބޭހުގެ ތަފްސީލަށް ބަލާއިރު އެއީ 10 މިލިގްރާމް, މިލިލީޓަރު ނުވަތަ 40 މިލިގްރާމް, 4 މިލިލީޓަރުގެ 'އޮޕްޑީވޯ' ބްރޭންޑުގެ އިންޖެކްޝަނެކެވެ. މި ބޭހުގެ ބެޗު ނަންބަރަކީ 8081399 އެވެ. އަދި މި ބޭސް ފެއްދި ކުންފުނީގެ ގޮތުގައި ޖަހާފައިވަނީ އަޔަލޭންޑުގެ ސުވޯޑްސް ލެބޯރަޓަރީސް އަންލިމިޓެޑް ކޮމްޕެނީއެވެ.
އެމްއެފްޑީއޭއިން ވަނީ ބޭސް އެތެރެކުރާ ވިޔަފާރިވެރިންނާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިތުރުން އާންމުންވެސް މި ބެޗުގެ ބޭސް އެއްވެސް ގޮތަކަށް އެތެރެނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުންނާއި ފާމަސީތަކުން މި ބެޗުގެ ބޭސް ހުރިނަމަ އެކަމަށް ސަމާލުވުމަށް އަންގާފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ހޯދުމަށް ނުވަތަ މި ބޭހާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރަން ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.
-aca689fe.jpg)
4 މަސް ކުރިން

4 މަސް ކުރިން
-e0afca92.png)
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން