-8402fff9.png)

ޢާއިޝަތު ނުޒުހާ

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ އަނިޔާ ކުރި މީހަކު 18 އަހަރަށް ޖަލަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ, އެ އިދާރާއިން ތަހުގީގު ކުރި މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ފުނާޑު.ނަވާ / ޏ. ފުވައްމުލައް، ޢަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށް ކަމަށެވެ. އޭނާއަށް ދައުވާ ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ފުލުހުން ބުނީ, މި މައްސަލާގައި ކޯޓަށް ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 19 ވަނަ ދުވަހު ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް 18 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތުން އޭނާ ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހޭނީ 16 އަހަރާއި 4 މަހާއި 21 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

12 ދުވަސް ކުރިން

17 ދުވަސް ކުރިން

26 ދުވަސް ކުރިން
26 ދުވަސް ކުރިން

27 ދުވަސް ކުރިން
3 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން