-8402fff9.png)

ފާޠިމަތު ހިބާ

ބްރައިޓް މައިންޑްސްގެ ވެރިޔާ ހައްޔަރުކޮށް އޭނާގެ ވަނަވަރު އާންމުކޮށްފި--ފޮޓޯ/ފުލުހުން
ބްރައިޓް މައިންޑްސްގެ ވެރިޔާ އަލީ އަފްލަހު ހައްޔަރުކުރީ ދެ އަހަރުވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.
އޮންލައިން ޓިއުޝަން ނަގައިދޭ "ބްރައިޓް މައިންޑްސް" ގެ ވެރިޔާ ހމ.ހައިރާތުގެ 27 އަހަރުގެ އަލީ އަފްލަހު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކަ މިދިޔަ އާދިއްތަ ދުވަހުވަނީ ފެންމަތިވެފައެވެ.
އެގޮތުން މިއަދު ފުލުހުންވަނީ އޭނާ ހައްޔަރުކުރިކަން ހާމަކޮށް އޭނާގެ ވަނަވަރު އާންމުކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން