-8402fff9.png)

ޢާއިޝަތު ނުޒުހާ

އއ ރަސްދޫ
އއ, ރަސްދޫގައި ހިނގި ހަމަނުޖެހުމެއްގައި ދަރިފުޅަށް ލިބުނު އަނިޔާ ފެނި ހާލު ދެރަވި މަންމައަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެ ރަށުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ މި ހަމަނުޖެހުން ހިނގާފައިވަނީ އެ ރޭ ރޭ ދަންވަރު ރަސްދޫ ގެސްޓްހައުސެއްގައި މަސައްކަތް ކުރާ ޗައިނާގެ ދެ ފަތުރުވެރިން މީހަކަށް ދަގަނޑު ބުރިއަކުން ހަމަލާދީގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް ބޮޑެތި ޒަހަމްތައް ލިބިގެން އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަނިޔާ ލިބުނު މީހާގެ މަންމަ ހާލު ދެރަވެފައިވަނީ ލިބުނު އަނިޔާ ފެނިގެންނެވެ. އޭނާއަށް ހާޓްއެޓޭކެއް ޖެހި, ރަށު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އިތުރު ފަރުވާ ދިނުމަށް މާލެ ވެސް ގެނައެވެ.
މަންމަ ނިޔާވީ އައިޖީއެމްއެޗްގައި އިތުރު ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި ހާދިސާގައި އަނިޔާ ދިން ޗައިނާގެ ދެ މީހުން ހައްޔަރުކުރިނަމަވެސް އެ ދެ މީހުން ފަހުން ވަނީ ދޫކޮށްލައިފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-4c7733b5.jpeg)
4 މަސް ކުރިން

5 މަސް ކުރިން
-b21133bc.jpg)
5 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

11 މަސް ކުރިން