-8402fff9.png)
ފާތިމަތު މިޝްކާ
-4c7733b5.jpeg)
ވިލިމާލެ: ފޮޓޯ / މިހާރު
ވިލިމާލޭގައި މިއަދު ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ހަތަރު ޒުވާނަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި ވިލިމާލޭގެ ކަނދޮޅުމާގޯޅީގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:12 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ހަތަރު ފިރިހެނުންނަށެވެ. ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މި މާރާމާރީގައި އަނިޔާވި ހަތަރު މީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވުނީ އުމުރުން 18 އަހަރާއި، 22 އަހަރާއި، 27 އަހަރު އަދި 31 އަހަރުގެ މީހުންނަށެވެ. މީގެ ތެރެއިން އެއްވެސް މީހަކަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މާރާމާރީ ހިންގަން މެދުވެރިވި ސަބަބާއި، މިކަމުގައި ޝާމިލުވާ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މާލެ ސަރަހައްދުގައި ގްރޫޕުތަކުގެ މެދުގައި ހިނގާ މިފަދަ މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-125b775b.jpeg)
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-30455362.jpg)
4 މަސް ކުރިން

5 މަސް ކުރިން