-8402fff9.png)
-b21133bc.jpg)
ހުޅުމާލެ ފޭސް ދޭއްގެ ފަރުކޮޅުފުށި ހިއްކި ސަރަހައްދުގައި މިރޭ ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.
މި މާރާމާރީ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ފަރުކޮޅުފުށި ހިއްކި ބިމުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެ އެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 6:37 ހާއިރު އެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. މި ދެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު އިރު، އެ މީހުންގެ ހާލަތު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު، މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން