-8402fff9.png)
މިރާޝް މޫސާ

ސަޢުދީ ޢަރަބިއްޔާގެ ބަޖެޓް އެއާލައިން ކަމަށްވާ ފްލައިނާސްއިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް ރަސްމީކޮށް އަލުން ފަށައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވި ގޮތުގައި، މި ދަތުރުތަކުގެ ދަށުން ސަޢުދީގެ ވެރިރަށް ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު 3 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މި ފެށުނު ދަތުރުތަކަކީ މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
ފްލައިނާސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން އެ އެއާލައިނަށް ވަނީ ވޯޓާ ސަލިއުޓަކާއެކު ޚާއްސަ މަރުޙަބާއެއް ކިޔާފައެވެ. އަދި ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ފަސިންޖަރުންނަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، މި މުނާސަބަތާ ގުޅިގެން ދަތުރުކުރި ފަސިންޖަރުންނަށް ހަނދާނީ ހަދިޔާވެސް ވަނީ ބަހާފައެވެ.
ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށްވުމުން، މި ދަތުރުތަކުގެ ސަބަބުން އެ ސަރަޙައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް އެމްއޭސީއެލްއިން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ބައިނަލްއަޤުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒު ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

8 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން
-63ba053d.jpg)
10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން