-8402fff9.png)

ފާޠިމަތު ހިބާ

ރަސްމާލޭގެ ސައިޓު އޭ ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންދަނީ -- ފޮޓޯ: އެމްއޭސީއެލް
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން، ސައިޓް އޭގެ ބިން ހިއްކުމުގެ މަސައްކަތުގެ 47 އިންސައްތަ ހިއްކައި ނިމިއްޖެއެވެ.
ރަސްމާލެ ހިއްކަނީ އެކި ސައިޓުތަކަށް ބަހާލައިގެންނެވެ. އެގޮތުން ސައިޓް އޭގައި ހިއްކަން ކަނޑައަޅާފައިވަނީ 138 ހެކްޓަރެވެ.
އެ މަސައްކަތުގެ އަދާހަމަދެމުން އެ މަސައްކަތް ބަލަހައްޓާ އެމްއޭސީއެލްއިން ބުނި ގޮތުގައި މިހާތަނަށް ސައިޓް އޭގެ ބިންހިއްކުމުގެ މަސައްކަތުގެ ތެރއިން 64 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ.
އެމްއޭސީއެލްއިން ވަނީ މި މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިޔުމުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރާއްޖެ ގެނެސްފައެވެ. މިއީ އެއްފަހަރާ ގާތްގަޑަކަށް 46،000 އަކަ މީޓާރުގެ ވެލި ނެގޭ ޑްރެޖަރަކެވެ.
ރަސްމާލެ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ސިޔާސަތުގެ ދަށުން ޤާއިމްކުރާ ބިޔަ މަަޝްރޫއެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިއްކާނެ އެންމެ ބޮޑު ބިމެވެ. އެގޮތުން ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރުފަޅުން މުޅި ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

11 ދުވަސް ކުރިން

19 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން
-a8fb64ca.jpg)
3 މަސް ކުރިން