-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް-- ފޮޓޯ: ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު
މިއަދު އެކަނި 27,000 މީހުންނަށް ހިދުމަތް ދެވިފައިވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބުނެފިއެވެ.
ވީއައިއޭ އިން ބުނި ގޮތުގައި މިއަދަކީ އަދި މި އަހަރުތެރޭ އެންމެ ގިނަ މީހުންނަށް އެއް ދުވަހެއްގައި ހިދުމަތް ދެވުނު ދުވަހެވެ.
އިންޓަނެޝަނަލް ޓާމިނަލުން 22,241 މީހުންނަށް މިއަދު ހިދުމަތް ދެވުނު ކަމަށް އެ ކުންފުނިން ބުންޏެވެ. އެއީ ރާއްޖެއިން ފުރާ 11,035 މީހުންނާއި ރާއްޖެ އަންނަ 11,107 މީހުންނެވެ.
ޑޮމެސްޓިކް ޓާމިނަލް އިން ޖުމުލަ 4,843 މީހުންނަށް ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން ފުރާ 2,652 މީހުންނާއި މާލެ އަންނަ 2,191 މީހުންނެވެ.
"މިއަދަކީ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރުބޮޑު އެއް ދުވަސް, ކިއުތަކުގައި ޕަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް, ހިދުމަތް އަވަސް ކުރުމަށް ވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެ،" އެމްއޭސީއެލްގެ ސިއީއޯ އަދި މެނޭޖިން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވި އެވެ.
މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން