-8402fff9.png)
ފާތިމަތު މިޝްކާ

މިވަގުތު މުޅި ދުނިޔޭގައި އެންމެ އަވަސް މިނެއްގައި ހޫނު ގަދަވަމުން ދަނީ ޔޫރަޕްގެ ގައުމުތަކަށް
ޖޫން 21އިން ފެށިގެން މިހާތަނަށް، ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވާ ކަންކަމުގައި ޔޫރަޕުން 1،300އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފި އެވެ.
އެލް ނީނޯގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ހޫނުގަދަވެ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އިތުރުން އެހެނިހެން ދިރޭތަކެއްޗާއި މީހުންގެ ގެދޮރާއި އެހެނިހެން އިމާރާތްތަކަށް ވެސް ގެއްލުން ލިބޭކަމަށް މީޑިޔާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
ޔޫރަޕްގެ ގައުމުތަކަށް ހޫނު ގަދަވަނީ އެހެން ގައުމުތަކަށް ވުރެ ދެ ގުނަ ބޮޑުކޮށް ނުވަތަ އަވަސްކޮށް ކަމަށް ބައިނަލްއަގްވާމީ މީޑިޔާތަކުން ރިޕޯޓު ކުރެ އެވެ. މިވަގުތު މުޅި ދުނިޔޭގައި ވެސް އެންމެ އަވަސް މިނެއްގައި ހޫނު ގަދަވަމުންދާ ސަރަހައްދަކީ ޔޫރަޕް ސަރަހައްދުކަމަށް މީޑިޔާތަކުން ރިޕޯޓުކުރެ އެވެ.
ޔޫރަޕް ސަރަހައްދުގެ ގައުމުތަކަށް ބައެއް ދުވަސް ދުވަހު ހޫނުގަދަވެ ފިނިހިނޫމިން 40 ޑިގްރީ ސެލްސިއަސްއަށް އަރައެވެ. އެގޮތުން ސްޕެއިން، ޖަރުމަނުވިލާތް، ޗެކް ރިޕަބްލިކް، ފްރާންސް އަދި ޕޮލަންޑް ފަދަ ގައުމުތަކަށް މި މިންވަރަށް ހޫނު ގަދަވެފައިވެ އެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ވެސް ބުރޫ އަރަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަ ކުރާ ގޮތުގައި ކުއްލިއަކަށް މާ ބޮޑަށް ހޫނުގަދަވުން ފަދަ ބޮޑެތި މޫސުމީ ބަދަލުތައް މީގެ ކުރިން ފާހަގަވަނީ ކޮންމެ ޖެނެރޭޝަނަކުން އެއް ފަހަރު އެވެ. ނުވަތަ އެތައް އަހަރެއްގެ ތެރޭ އެއް ފަހަރު އެވެ. އެހެންނަމަވެސް މިހާރު މިފަދަ މޫސުމީ ބަދަލުތައް އަހަރަކު އެއް ފަހަރު ކަހަލަ ގޮތަކަށް އައުމަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަ ކުރެ އެވެ.
ހޫނު ގަދަވުމުގެ ސަބަބުން "ހީޓް ސްޓްރޯކް" ޖެހި އެކި ގައުމުތަކުގައި އުމުރުން ދުވަސްވީ މީހުން މަރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް މީޑިޔާތަކުން ރިޕޯޓު ކުރެ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ 90 އަހަރުގެ އަންހެނަކާއި އަލްމޭރިއާ އިން 68 އަހަރުގެ ފިރިހެނަކު ވެސް ހިމެނެ އެވެ.
"ހީޓް ސްޓްރޯކް"އަކީ ހޫނުގަދަވުމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ ފިނިހޫނުމިން މަތިކޮށްލާ ނުރައްކާތެރި ބައްޔެކެވެ. މީގެ ސަބަބުން "ބޮޑީ ޓެމްޕެރޭޗަރ" ނުވަތަ ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީއަށްވުރެ މަތިކޮށްލަ އެވެ. މިކަމުގެ ސަބަބުން ހަމަހޭވެރިކަން ގެއްލި، ހިތް ތެޅޭ މިންވަރާއި ނޭވާލާ މިންވަރު އަވަސްކޮށްލަ އެވެ. އަދި ވަގުތުން ރަނގަޅު ފަރުވާ ނުދެވިއްޖެނަމަ ހަށިގަނޑުގެ ގުނަވަންތައް ފެއިލްކޮށްލައި ގުނަވަންތައް މަސައްކަތްކުރުން ހުއްޓުވާލަ އެވެ.
ހޫނު ގަދަވަމުމުގެ ސަބަބުން ހާޓް އެޓޭކް، ސްޓްރޯކް އަދި ނޭވާލާ ނިޒާމަށް އެކި ބަލިތައް ޖެހެ އެވެ. މިކަންކަން ދިމާވުމުގެ ފުރުސަތު އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި އެކި ކަހަލަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި އެކަށީގެންވާ ފިނިކަމާއި ފެން ލިބުން ދަތި މީހުންނަށެވެ.

4 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން