-8402fff9.png)
މިންހާ އަބްދުالله
އެމެރިކާގެ ރައީސް އަދި އިންޑިޔާގެ ބޮޑުވަޒީރު
އިންޑިޔާއާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ދެފަރާތުގެ ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް އިންޑިޔާގެ ޔޫނިއަން މިނިސްޓަރު ޕިޔޫޝް ގޯޔަލް ދޮގުކުރައްވައިފި އެވެ.
ރޮއިޓާޒް ވެސް ހިމެނޭހެން ބައެއް މީޑިޔާތަކުން ވަނީ އިންޑިޔާއިން މާ ރަނގަޅު ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާތީ، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ވިޔަފާރީގެ ވާހަކަތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.
އެ ހަބަރުތައް ދޮގުކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް ދައްކަމުން ދަނީ މީހުންނަށް އޮޅުވާލުމަށް ކަމަށެވެ.
ރޮއިޓާޒްގެ ރިޕޯޓުގައި ބުނެފައިވަނީ، އެމެރިކާއާއެކު އަވަސް ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް އިންޑިއާއިން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އާ ވިޔަފާރީގެ ބައިވެރިން ލިބުމާއި، އިގްތިސާދީ ނުރައްކާތައް ކުޑަވުމާއި، ގައުމީ ސިޔާސީ މައިދާނުގައި ލިބިވަޑައިގެންފައިވާ ކުރިއެރުންތަކާއެކު، މިއަށްވުރެ ފައިދާހުރި އެއްބަސްވުމެއް ހޯދުމަށް އިންޑިއާއިން މަޑުކުރަމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް، ގޯޔަލް މި ރިޕޯޓް ދޮގުކުރައްވަމުން ވިދާޅުވީ، ދެ ގައުމުގެ މަންދޫބުން މަސައްކަތް ކުރަމުންދަނީ ދެ ފަރާތަށްވެސް ފައިދާހުރި، ހަމަހަމަ އެއްބަސްވުމެއް ގާއިމުކުރުމަށް ކަމަށެވެ.
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ވިދާޅުވީ، މިދިޔަ ޖޫން މަހު އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ޖޭމިސަން ގްރީއަރ ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް ކާމިޔާބު ބައްދަލުވުންތަކެއް ބޭއްވުނު ކަމަށެވެ. އަދި ދެ ގައުމަށްވެސް ފައިދާހުރި، ހަމަހަމަ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދެ ގައުމުންވެސް ދެމިތިބިކަން އޭނާ ތަކުރާރުކުރެއްވިއެވެ.
"ޖޫން މަހު ޖޭމިސަން ގްރީއަރ ދިއްލީއަށް ކުރެއްވި ޒިޔާރަތުގައި އަޅުގަނޑުމެން ބޭއްވީ ވަރަށް އުއްމީދީ ބައްދަލުވުންތަކެއް. ވިޔަފާރިވެރިންނާއި، ދަނޑުވެރިންނާއި، މަސައްކަތްތެރިންގެ އިތުރުން ދެ ގައުމުގެ އާންމު އިގްތިސާދަށް އަމަލީ ގޮތުން ފައިދާކުރާނެ، ވިޔަފާރީގެ ގޮތުން މާނަހުރި ހަމަހަމަ އެއްބަސްވުމަކަށް ދިއުމަށް ދެ ގައުމުންވެސް ވަނީ އަލުން އިގުރާރުވެފައި،" ގޯޔަލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން