-8402fff9.png)
ފާތިމަތު މިޝްކާ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އިންޑިޔާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި މަޝްވަރާތައް ނިއު ދިއްލީގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު މި މަޝްވަރާތަކުގެ ބޭނުމަކީ އީޔޫއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުން ކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން މިހާރު އޮތް ފްރީ ޓްރޭޑް އެގްރީމަންޓްއަށްވުރެ އިތުރު ކަންތައްތަކެއް ދެ ފަރާތުން ގުޅިގެން ކުރުމަށް މަޝްވަރާކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
އަމާޒަކީ މި މަޝްވަރާތައް މި އަހަރު ނިމުމުގެ ކުރިން ނިންމައި އެއްބަސްވުންތަކަކާއި ހަމައަށް އާދެވުންކަމަށް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މި މަޝްވަރާތަކުގެ އަމާޒަކީ 110 ބިލިއަން ޑޮލަރުގެ ހޮރައިޒަން ޔޫރަޕް ރިސާޗް އެންޑް އިނޮވޭޝަން ޕްރޮގްރާމާއި ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުމަށެވެ. މި ޕްރޮގްރާމަކީ އީޔޫއިން ދިރާސާތަކާއި އާ އީޖާދުތަކަށް ހާއްސަކޮށްގެން ދޭ ގްރާންޓް ނުވަތަ ފަންޑެކެވެ. އިންޑިޔާ އަދި އީޔޫއިން މިކަމުގައި އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެނަމަ އިންޑިޔާގެ ރިސާޗް އިންސްޓިޓިއުޓް އަދި ކުންފުނިތަކުން އީޔޫގެ ޕާޓްނަރުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ފަހިވެގެންދާނެ އެވެ.
އީޔޫ އަދި އިންޑިޔާ ގުޅިގެން އުފައްދާފައިވާ އީޔޫ-އިންޑިޔާ ޓްރޭޑް އެންޑް ޓެކްނޮލޮޖީ ކައުންސިލްއިން ބޭއްވޮ ތިންވަނަ ބައްދަލުވުމަށްފަހު އާންމުކުރި ޖޮއިންޓް ސްޓޭޓްމަންޓެއްގައި ދެ ގައުމުން މަޝްވަރާކުރާނެ ކަންކަން ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން:
މިކަންކަމުގެ ސަބަބުން ސައިންޓިފިކް ދާއިރާއިން ހާއްސަކޮށް ޓެކްނޮލޮޖިކަލް ޑިވެލޮޕްމަންޓް އަދި މޫސުމަށް އަންނަ ބަދަލުތަކާއި އާންމު ސިއްހަތުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް އެ ކައުންސިލުން ދެކެ އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން